ޢުމްރާއަށް ގޮސް އުޅުނު ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. ނިޔާވެފައި ވަނީ ރ. ފައިނު އުޑުވިލާގެ މަރިޔަމް ސިޔާމާއެވެ.
މަރިޔަމް ސިޔާމާ ޢުމްރާއަށް ދިޔައީ މި ޖުލައި މަހު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތުގެ ދަށުންނެވެ.
މަރިޔަމް ސިޔާމާ ނިޔާވުމާ ގުޅިގެން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި އެމަރުހޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައިވެއެވެ.
“އިންނާ ލިއްލާހި ވަ އިންނާ އިލައިހި ރާޖިޢޫން”

