ރަޝިއާގެ އައްސޭރިފަށުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ޕަޕުއާ ނިއުގިނީ، ސޮލޮމަން އައިލޭންޑްސް އަދި ވަނުއަޓުއަށް ވެސް ސުނާމީގެ އިންޒާރު ނެރެފިއެވެ.
ޕަޕުއާ ނިއުގިނީގެ ވެރިރަށް، ޕޯޓް މޮރެސްބީގައި ހުންނަ އެމެރިކާގެ އެމްބަސީން މި އިންޒާރު ނެރެފައިވާއިރު، ސޮލޮމަން އައިލޭންޑްސް އަދި ވަނުއަޓުއަށްވެސް ސުނާމީގެ އިންޒާރު ނެރެފައިވެއެވެ. މި އިންޒާރުގައި ފެންބޮޑުވުމާއި، އައްސޭރިފަށު ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ނުރައްކާ ބޮޑު ކަމަށް އަންގާ، އިންޒާރުދީފައިވެއެވެ.
މިގައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފައިވަނީ ރަޝިއާގެ އުތުރުގެ އައްސޭރިފަށުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުންތަކާއި ގުޅިގެންނެވެ. އެގައުމަށް 47ި ބިންހެލުން މިއަދު އެކަނި އައިސްފައިވާއިރު، އެންމެ ފުރަތަމަ ވެސް އައިސްފައިވަނީ 8.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. މިއީ 14 އަހަރު ތެރޭ އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.
މި ބިންލެހުމުގެ ބާރުގަދަކަމުން އުފެދުނު ސުނާމީގެ އިންޒާރު 13 އަށްވުރެ ގިނަ ގައުމަކަށް ވަނީ ނެރެފައެވެ.

