ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އިބްރާހީމް ނަޘީމް އައްޔަނުކުރައްވައިފިއެވެ.
މި މަޤާމަށް މއ. އެލީޒިއަމް އިބްރާހީމް ނަޘީމް މިއަދު އައްޔަނުކުރައްވާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީ.ސީ.ބީން ކުރިން އެ މަގާމުގައި ހުންނެވި ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު އެ މަގާމުން ވަކިކުރެއްވުމަށްފަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަނުކުރެއްވުމާއި ގުޅިގެންނެވެ.
ޕީ.ސީ.ބީން މި ބަދަލުގެންނަވާފައި މިވަނީ އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި މުޙައްމަދު މައުރޫފް ޖަމީލް އެމަޤާމުން އިސްތިއުފާދެއްވުންނެވެ.

