ނުރަސްމީ ދަތުރެއްގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުއިއްޒު ނުރަސްމީ ދަތުރުފުޅެެއްގައި ސިންގަޕޫރަށް ވަޑާއިގަތީ ރޭގެ ވަގުތެއްގައިކަމަށެވެ.
ނުރަސްމީ ދަތުރުފުޅަކަށް ވާތީ އިތުރު އެއްވެސް މައުލޫމާތެއްވެސް ރައީސް އޮފީހުން ހިއްސާކޮށްފައެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް، މިދިޔަ ޖޫން 29، އިން މި މަހުގެ 2 އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

