ނެޝަނަލް ގައިޑްލައިން ފޮރ ސްޕީޗް ލެންގުއެޖް އެންޑް އޯޑިއޮލޮޖިކަލް ކްލިނިކަލް ސަރވިސަސް އާއްމުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ސޯޝަލް އެެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ގުޅިގެން އާއްމުކުރި މިގައިޑްލައިން ތައްޔާރުކުރީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސްޕީޗް ޕެތޮލޮޖީ އެންޑް އޯޑިއޮލޮޖީ ޑިޕަރޓްމަންޓުގައި މަސައްކަތްކުރައްވާ ޑރ.ފަރުޒާނާ ޝައުޤީ، އާމިނަތު ސަމާހަތު ޝަރީފް، ރަޝްފާ އާމިރު އަދި މޯލްޑިވިއަން އެސޯސިއޭޝަން އޮފް ސްޕީޗް ލެންގުއެޖް ޕެތޮލޮޖިސްޓްސް އެންޑް އޯޑިއޮލޮޖިސްޓްސްގެ ޝުވޭކާ ސޯލިހް، އައިޝަތު ޒިމްނާ ހުސައިން، އާމިނަތު ޒީނިޔާ އަދި އާމިނަތު ރިފާހު އަބްދުﷲ އެވެ.
އަދި މި ގައިޑްލައިނަށް ދިވެހި ރާއްޖޭގައި މަސައްކަތްކުރައްވާ ޞިއްޙީ ޙިދުމަތް ތެރިން އަހުލުވެރިކުރުވުމަށް 17 ޖުލައި ގައި އޮންލައިން ވެބިނަރ އެއް ވަނީ ބާއްވާފައެވެ.
މި ވެބިނަރގައި އެކި އެކި މުއައްސަސާތަކުން 85 ޞިއްޙީ ޙިދުމަތް ތެރިން ބައިވެރިވިއެވެ.

