އއ. މާޅޮސް އޯކިޑުމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަޙުމާން އާދަމް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި، އޭނާ މަރުވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮޓޮޕްސީގެ ވަގުތީ ރިޕޯޓުން ދައްކައިފިއެވެ.
މި މައްސަލައާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮޓޮޕްސީގެ ވަގުތީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިހާތަނަށް މީހަކު ހައްޔަރުނުކުރާ ކަމަށްވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ. ނަމަވެސް، ތަޙްޤީޤުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ބުނެފައިވެއެވެ.
ޕޯސްޓްމޯޓަމަށްފަހު އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނެސް މިމަހުގެ 23 ވަނަ ދުވަހު ރޭ 7:50 ހާއިރު މޯޗަރީއަށްލުމަށްފަހު ޖަނާޒާ ބާއްވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު މާލޭގައެވެ.

