ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް މުހައްމަދު ޝަހީދު އާއި ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފިއެވެ.
ޖޭއެސްސީން، ޝަހީދު އަދި ޖަމީލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ނިންމީ، ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލީ 18 މީހުންގެ ތެރެއިންނެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ 2 މަޤާމު ހުސްވުމާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލުމަށް ޖޭއެސްސީ އިން ހުޅުވާލި ފުރުސަތުގައި 17 ބޭފުޅަކު ކުރިމަތިލާފައިވެއެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނޭ ޖޭއެސްސީގެ މެމްބަރު އަލީ އަބްދުއްލަތީފް ވަނީ ފަހުން ނަން އަނބުރާ ނަންގަވައިފައެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަންކުރީ އެ ކޯޓުގެ ބެންޗުން ހުސްވި ތިން މަގާމުގެ ތެރެއިން ދެ މަގާމަކަށެވެ.

