ގއ ގެމަނަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާމުންދާ ވޮލީ މުބާރާތުގެ ފުރަތަމަ ސެމީގައި ކަނޑުހުޅުދޫ އަދި ގެމަނަފުށި ވޮލީ ކުލަބު ވާދަކުރި ފޯރިގަދަ މެޗު ކަނޑުހުޅުދޫއިން ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ސެޓުގައި 2 ޓީމްގެ ފަރާތުންވެސް ފެނުނީ ފޯރިގަދަ މޮޅު ކުޅުމެކެވެ. ދެޓީމްގެ ނިންމުންތައް ވެސް ކާމިޔާބުކޮށް ދިޔައިރު ސެޓުގެ ފަހުކޮޅު ގެމަނަފުށިން ކާމިޔާބު ޕޮއިންޓްތަކެއް ހޯދާފައިވެއެވެ. އެހެންނަމަވެސް ފަހުވަގުތު ޕޮއިންޓްތައް ނާކާމިޔާބުވެ ސެޓު 25،23 އިން ކަނޑުހުޅުދޫއިން ކާމިޔާބު ކުރިއެވެ.
މެޗުގެ ދެވަނަ ސެޓުގައި ގެމަނަފުށީ ވޮލީ ކުލަބުން ދިޔައީ ލީޑުގައި ކުޅެމުންނެވެ. އަދި ވަރަށް ރަނގަޅު ނިންމުންތަކެއް ވަނީ ނިންމާފައެވެ. މިސެޓުގައި ގެމަނަފުށީ ވޮލީ ކުލަބުގެ ޖާޒީ ނަންބަރު 11 ރަފާގެ މޮޅުކުޅުން ވަނީ ފެނިގެން ގޮސްފައެވެ. ސެޓުގައި ގެމަނަފުށިން ބޮޑު ލީޑެއްގައި ކުޅުނު އިރު މި ސެޓުގައި ކަނޑުހުޅުދޫއިން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މިސެޓު 25،14 އިން ގެމަނަފުށިން ވަނީ ކާމިޔާބުކޮށްފައެވެ.
މެޗުގެ ތިންވަނަ ސެޓު ފަށައިގެން ގެމަނަފުށީ ވޮލީކުލަބުން ވަނީ ބޮޑު ލީޑެއް ނަގާފައެވެ. ކަނޑުހުޅުދޫ ނިންމުންތަކުގައި މައްސަލަތަކެއް ދިމާވިއިރު މިސެޓު ފަސޭހަކަމާއިއެކު 25،18 އިން ގެމަނަފުށިން ކާމިޔާބު ކުރިއިރު ނަތީއްޖާ ނެރުމަށް ކުޅުނު ހަތަރު ވަނަ ސެޓު ފަށައިގެން ކަނޑުހުޅުދޫ ލީޑް ކުރިނަމަވެސް ގެމަނަފުށި ވޮލީކުލަބުގެ ރަނގަޅު ނިންމުންތަކާއިއެކު ސެޓުގެ ލީޑް ފުރަތަމަ ފަހަރަށް 15،14 އިން ގެމަނަފުށި ނެގިއެވެ. މިސެޓުގެ ފަހުކޮޅު ކަނޑުހުޅުދޫ ގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ގާތްގާތުގައި ޕޮއިންޓަކެއް ހޯދައި ސެޓު 26،24 އިން ކާމިޔާބު ކުރިއެވެ. މި މުބާރާތުގައި މި ދެޓީމް ވާދަކުރާއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ތަރުހީބު ދީފައެވެ. މި ދެޓީމް މި މުބާރާތުގެ ލީގު ބުރުގައި ކުޅުނު މެޗުވެސް ނިމުނީ 5 ސެޓަށް ކުޅެގެންނެވެ. އެމެޗު ކަނޑުހުޅުދޫއިން ވަނީ ކާމިޔާބު ކޮށްފައެވެ.
ޓައިބްރޭކް ސެޓުގައިވެސް ދެ ޓީމް ފެނިގެން ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ޓައިބްރޭކަށް ދިޔައީ ކަނޑުހުޅުދޫ ކުރީގައި އޮވެގެންނެވެ. ޓައިބްރޭކަށް ފަހު ގެމަނަފުށި ޓީމްގެ ޖާޒީ ނަންބަރު 16 ހައްޖަގެ މޮޅު ނިންމުންތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ގާތްގާތުގައި ހޯދި ޕޮއިންޓްތަކާއިއެކު 15،10 އިން ސެޓުނަގައި ފައިނަލުގެ ޖާގަ ވަނީ ހޯދާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ގެމަނަފުށި ވޮލީ ކުލަބުގެ ޖާޒީ ނަންބަރު 11 އާމިނަތު ރަފާއެވެ.
މި މުބާރާތުގައި ސެމީފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރާނީ އިގްނައިޓް ޖޫނިއާސް އަދި ސީކުއީންއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގެމަނަފުށީ ކައުންސިލެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

