ލ. މާމެންދޫއަށް ދަތުުރުކުރި ބޯޓެއްގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތި ހޯދައި އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އެ ބޯޓު މާމެންދޫއާ ގާތްކުރި ކުރުމުން ބަލައި، ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 115 ސެލޯފިންކޮޅު ފެނުނު ކަމަށެވެ. އެގޮތުން، ފޮށިގަނޑެއްގެ ތެރެއިން ފެނުނު މި ތަކެތީގެ ވަގުތީ ބަރުދަނުގައި ހުރީ 82 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިތަކެތި ހޯދާ އަތުލައިގެންފައި ވަނީ މާމެންދޫއަށް ދަތުުރުކުރަމުންދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަަނެއްގައެވެ.
މި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

