ތ. ވަންދޫގެ ފުޓްސަލް ދަނޑު ނިންމުމުގެ މަސައްކަތް ކުޅިވަރާ ބެހޭ ވުޒާރާއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.
ކުރީގެ ސަރުކާރުން ވަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ފެށީ ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުންނެވެ.
ނަމަވެސް އެ މަސައްކަތް ހުއްޓި ދިގުލައިގެން ގޮސްފައިވާތީ ފުޓްސަލް ދަނޑުގެ ބައެއް މަސައްކަތްތައް ނިންމަން ރަށު ކައުންސިލުން މިދިޔަ މަހުގެ 17 ވަނަ ދުވަހު އަމިއްލަ ކުންފުންޏެއް ކަމަށްވާ ސޯސަން ލިންކާ ވަނީ ހަވާލުކޮށްފައެވެ.
ވަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމުގެ އިތުރުން ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ 24 މަޝްރޫއުއެއް ސްޕޯޓްސް މިނިސްޓްރީން ވަނީ ފެނަކަ އާއި އާރުޑީސީ އާއި އިއްޔެ ހަވާލު ކޮށްފައެވެ.

