ދިވެހިރާއްޖޭގައި އުރީދޫ މޯލްޑިވްސް އިން ހިދުމަތްދޭން ފެށިތާ 20 އަހަރު ފުރިއްޖެއެވެ.
އުރީދޫއަށް 20 އަހަރު ފުރުމާއި ގުޅިގެން، ކަސްޓަމަރުންނަށް ގިނަ އޮފާތަކެއް ލިބޭ ޕްރޮމޯޝަންތަކެއް ވަނީ ފަށައިފައެވެ.
އެގޮތުން މި އެޕްރީލް މަހު ފެށި "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ދަށުން، އުރީދޫގެ ކޮންމެ ހިދުމަތަކަށް 250 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ކުރިޔަށް ގެންދާއިރު، 19 ނަސީބުވެރިންނަށް އުމްރާ ދަތުރު ލިބޭއިރު، 20 ވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާއަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ލިބިގެންދާނެއެވެ.
އިތުރަށް އޮގަސްޓް 1 އިން 7 އަށް ވަކި ޑޭޓާ ޕެކްތަކުން 20 ޕަސެންޓާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެއެވެ. އަދި އޮގަސްޓް މަހުގެ ފުރަތަމަ ތިން ދުވަހު މައި އުރީދޫ އެޕްގެ "ސްޕިން ދަ ވީލް" ފީޗާ މެދުވެރިކޮށް ހާއްސަ އޮފަރތަކެއް އަންލޮކް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެމް-ފައިސާ މެދުވެރިކޮށް ފުޑީސް އޯޑަރތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ފުޑީޒްގެ ދެން އަންނަ އޯޑަރުން 5 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.
ވަތަނިއްޔާގެ ނަމުގައި 2005 ވަނަ އަހަރުގެ އޮގަސްޓު 1 ގައި ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދޭން ފެށި މި ކުންފުންޏަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބަދަލުކޮށް، މުއާސަލާތީ ގޮތުން ރާއްޖެ ގުޅުވައިދިން ކުންފުންޏެކެވެ.
ދިވެހިންނަށް 3ޖީގެ ހިދުމަތާއި ވަޔަލެސް ބްރޯޑްބޭންޑުގެ ހިދުމަތާއި ޕްރިޕެއިޑް ބްރޯޑްބޭންޑުގެ ހިދުމަތާއި 3ޖީ މެދުވެރިކޮށް ވީޑިއޯ ބްރޮޑްކާސްޓް ފަދަ އެކި ހިދުމަތްތައް އެ ކުންފުނިން ފޯރުކޮށްދީފައިވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިންގެ އިތުބާރު ހޯދައި ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ޕްލޭނާ އެކު ވަތަނިއްޔާ "އުރީދޫ މޯލްޑިވްސް" އަށް 2013 ވަނަ ރީބްރޭންޑު ކުރިއެވެ.
ދިވެހިންގެ ދިރިއުޅުން ބަދަލުކޮށްލި މިފަދަ އެތައް ޚިދުމަތެއް އުރީދޫން ތައާރަފުކުރިއެވެ. އޭގެ ތެރޭގައި:
- އެމް ފައިސާ
- އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް
- އެޗްޑީ ވޮއިސް ސާވިސް
- އީކޮމާސް ޕްލެޓްޕޯމް މޫލީ
- ސައިން ލެންގުއޭޖް ކަސްޓަމާ ސާވިސް ކެއާ ހޮޓްލައިން
މި ހަރަކާތްކަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ އުރީދޫ ފަން ރަންގެ ނަމުގައި ބާއްވާ ބޮޑު ދުވުމެވެ. މި ދުވުމަކީ ކުދިބޮޑު އެތައް ދިވެހީންނެއްގެ ހިތްތަކުން ޖާގަހޯދާފައިވާ ދުވުމެކެވެ. ކޮންމެ އަހަރަކު ވެސް މި ދުވުމުގައި އެތައް ދިވެހިންނެއް ބައިވެރިވެއެވެ.

