މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މާލޭގައި ހުޅުވި ހަތަރުވަނަ މަސްފިހާރަ އިއްޔެ ވަނީ ނޯތު ހާބަރު ސަރަހައްދުގައި ހުޅުވާލާފައެވެ. މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ ސޭލްސް މެނޭޖަރ، ޢަބްދުﷲ ރަޝީދެވެ.
މި އައު މަސްފިހާރަ ހުޅުވުމާ ގުޅިގެން މިފްކޯއިން ވަނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ޕާޓްނަރ ވިޔަފާރިތަކަށް މާރުކޭޓު ސަރަހައްދުގެ ތެރެއިން އެ ކުންފުނީގެ ޚިދުމަތްތައް މިހާރު ފަސޭހަކަމާއެކު ލިބިގެންދާނެކަން ފާހަގަކޮށްފައެވެ.
މި އައު އައުޓްލެޓުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހަފުތާގެ ހަ ދުވަހުއެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހެނދުނު 8:30 އިން ހަވީރު 6:00 އަށް މި ފިހާރަ ހުޅުވިފައި ހުންނާނެއެވެ.
މިފްކޯއިން މާލޭގައި މިހާތަނަށް ހުޅުވާފައިވާ މަސްފިހާރަތަކުގެ ތެރެއިން މިއީ ހަތަރުވަނަ ފިހާރައެވެ. މި ފިހާރަ ހުޅުވުމުން މާލޭގެ އުތުރު ސަރަހައްދުގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް މިފްކޯގެ އުފެއްދުންތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

