ފެތުރެމުން ދަނީ ޞައްޙަ ލިޔުމެއް ނަމަ، އެއީ މަސައްކަތްތައް ކާމިޔާބު ކުރިގޮތާއި މަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގައި ހަގީގަތް އޮޅުވާލައި އޭނާގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.
މެންބަރު ސުޖާއު މިފަދައިން ވިދާޅުވީ “ހަސަން ކުރުސީ”ގެ ނަމުގައިވާ އެކައުންޓަކުން ސޯޝަލް މީޑިއާގައި ރިޕޯޓެއް އާއްމުކޮށް، ބުނެފައިވާގޮތުގައި މެންބަރު ސުޖާއުއަށް ފައިސާ ނަހަމަ ގޮތުގައި ލިބިފައިވާއިރު އެ ފައިސާއިން ކުޑަހެންވޭރު ގޭންގަށް ވެސް ފައިސާ ދީފައިވާ ކަމަށް ތުހުމަތު ކުރުމުން، އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ގުޅޭ ގޮތުން މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ރޭ އާންމުވި ނަމަވެސް އެއީ ސައްހަ އެއްޗެއްކަން ނުވަތަ ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް މެންބަރު ސުޖާއު ވަނީ ވިދާޅުވެފައެވެ.
އެފައައިޔޫން ތައްޔާރުކުރި ރިޕޯޓެއްކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފަތުރަމުންދާ ރިޕޯޓަަކީ ސައްހަ ރިޕޯޓެއްކަން ނުވަތަ ނޫންކަން އޭނާއަށް އެނގިވަޑައިނުގަންނަވާކަމަށާއި، އެ ރިޕޯޓުގައި ހުރި ތުހުމަތުތައް އޭނާގެ ވިޔަފާރިއަކާމެދު ކުރެވިފައިވާކަަން އެއްވެސް އިދާރާއަކުން އަންގާފައިނުވާކަމަށް ޝުޖާ އެކްސްގައި ކުރެއްވި ޕޯސްޓުގައި މެންބަރު ސުޖާއު ވަނީ ވިދާޅުވެފައެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ، 2023 ނޮވެމްބަރު 1 އިން 2024 ޖެނުއަރީ 10 އާ ދެމެދު މެންބަރު ސުޖާއުއާއި އޭނާގެ ބޮޑުބޭބެގެ ދަރިފުޅު އަދި ޑެޕިއުޓީ މިނިސްޓަރު ނާފިޒަށް، ސިޓީ ކައުންސިލާއި ސިވެކް އާއި އެހެނިހެން ފަރާތްތަކުން 42.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
ތުހުމަތުތަކާ ގުޅޭ ގޮތުން ޝުޖާއު ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އޭނާގެ ކުންފުނިން ރާއްޖޭގައި ކުރަނީ ކާމިޔާބު މަސައްކަތްތަކެއް ކަމަށެވެ.

