ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން ހުއްޓާނުލާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ބުނެފިއެެވެ.
“ފަހި ޕޯޓަލް”ގައި ރެޖިސްޓާރވެ ލިޔެކިޔުންތައް އަޕްލޯޑްކުރަމުންދާ މިންވަރަކަށް، ސޮއިކުރުމަށް ގުޅަމުންދާކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.
ލެޓު ލިބުނުކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށީ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ.
އެފްޑީސީން އެއްބަސްވުންތައް ހެދިނަމަވެސް، ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. މިގޮތުން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 2665 މީހެއްގެ ނަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް އެއްބަސްވުން އެކުލަވާލުމަށްޓަކައި ފޮނުވާފައެވެ.
ފްލެޓްގައި ސޮއިކުރުމަށް ދިއުމުގެކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ “ފަހި ޕޯޓަލް”އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަނުން އަންގާނެއެވެ. އެއަށްފަހު ސޮއިކުރަން ދާންވާ ދުވަހާއި ގަޑި އެފްޑީސީން އަންގަމުންދާނެއެވެ.

