އެޗުޑީސީގެ ހުސްވެފައިވާ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް އާރުޑީސީގެ ކުރީގެ ޑީއެމްޑީ މުހައްމަދު އަސްބާހު އަލީ ނަސީރު އައްޔަންކޮށްފިއެވެ.
އެޗުޑީސީގެ ޑީއެމްޑީގެ މަގާމަށް އަސްބާހު އައްޔަންކޮށްފައި ވަނީ އެ މަގާމުގައި ހުންނެވި ފަޔާޒު މަންސޫރު މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އެޗުޑީސީއިން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި އަސްބާހުއަށް ވަނީ މަރުހަބާ ކިޔާފައެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަނީ އާރްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަލީ ޒުހައިރު މިދިޔަ ހަފުތާގައި އައްޔަންކޮށްފައެވެ.
އޭނާ އެ މަގާމަށް ހަމަޖެއްސީ އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މަޢުރޫފް ޖަމީލް އިސްތިއުފާ ދެއްވުމުންނެވެ. މައުރޫފް ކުރިން ވެސް ނިންމަވާފައި ވަނީ މި މަހު 18 ވަނަ ދުވަހު ރިޓަޔާކުރައްވާ ގޮތަށެވެ.

