މަސްތުވާތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ރޭ ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ޔެލޯޑައިމަންޑް، އުމުރުން 33 އަހަރުގެ އާމިނަތު ފައިނާޒްއެވެ.
ފުލުހުން ވުނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް، ފައިނާޒް ލައިގެން ހުރި އަންނައުނުން ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފައިނާޒް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

