މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖަންސްގެ ވެރިޔާގެ މަޤާމަށް އިސްމާއީލް ސާޖިދު މިއަދު އައްޔަނު ކުރައްވައިފިއެވެ.
އެމްއެމްއޭއާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެފްއައިޔޫގެ ވެރިޔާ އަޝްރަފު އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރީ ހިންގުން ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިންނެވެ. އަދި މާދަމާއިން ފެށިގެން އެފްއައިޔޫގެ ހެޑްގެ މަޤާމަށް އިސްމާއިލް ސާޖިދު ވަނީ އައްޔަންކޮށްފައެވެ.
އަޝްރަފު އައްޔަންކޮށްފައިވަީ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިޕާޓުމެންޓުގެ ވެރިޔާގެ މަގާމަށެވެ. އޭނާގެ މަގާމު ބަދަލުކުރީ އެ އިދާރާގެ ހިންގުން ހަރުދަނާކުރުމަށް އޮނިގަނޑަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިންކަމަަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ބުނެފައިވަނީ، މިއީ އެމްއެމެްއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއި ގެނައި ބަދަލެއް ކަމަށެވެ.
ކުއްލި ގޮތަކަށް އެފްއައިޔޫގެ ވެރިޔާ ބަދަލުކޮށްފައިމިވަނީ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް، ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވެފައިވަނިކޮށެވެ.

