ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ހާފިޒުންނަށް ދެމުން އައި 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިކަން އިއުލާނުކުރައްވަމުން ބުނީ ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ޖުލައި މަހުން ފެށިގެން މި އެލަވަންސް ބޮޑުކޮށްފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވާ އެކަން ރައީސް އިއުލާނު ކުރެއްވީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.
މި އަހަރު 24 ފަރާތަކުން ވަނީ ކީރިތި ޤުރުއާން ހިތުންދަސްކޮށް ޙާފިޒު ކަމުގެ ސަނަދު ހާސިލު ކުރައްވާފައެވެ.
ޙާފިޒުން ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް މި އަހަރުން ފެށިގެން ބާއްވަން ވަނީ ނިންމާފަ އެވެ. މި އަހަރުގެ ރަސްމިއްޔާތު ބޭއްވީ ރަމަޟާން މަހުގެ 27 ވިލޭރެއެވެ.

