މުހިންމު މަސައްކަތްތަކެއް ކުރުމަށްޓަކައި މާލެ ސިޓީގެ ތިން ސަރަހައްދަކުން މިއަދު މެންދުރު ފަހު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން މިހެން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ސްޓެލްކޯއިން ބުނީ މިއަދު މެންދުރުފަހު 16:30 އާއި 17:00 އާ ދެމެދު، މާލެ ސިޓީ، ބެންތެޔޮ ގޯޅި، ކާނޭޝަން މަގު، ފުނަ ގޯޅި، އިރާކު މަގު، ޖަހާމުގުރި ގޯޅި އަދި އޯކިޑް މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އަދި މާލެ ސިޓީ، އަސުރުމާ ގޯޅި، ޗަންޕާ މަގު، ފަނޑިޔާރު މަގު، ކެނެރީ މަގު، މަޖީދީ މަގު، ޝާއިރުވަރުދީ ހިނގުން، ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިނގުން އަދި ޒަމާނީ ހިނގުން ހިމެނޭ ސަރަހައްދުންވެސް މިއަދު މެންދުރުފަހު 16:00 އާއި 16:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މީގެއިތުރުން މިއަދު މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދުގެ ވަގުތެއްގައި އެނބޫ ގޯޅި އާއި އިސްކަންދަރު މަގު އަދި ގުލްއަލާ ގޯޅި ހިމެނޭ ސަރަހައްދުންވެސް ކަރަންޓު ޚިދުމަތް މެދުކެނޑުމަކީ އެކަށީގެން ވާ ކަމަށް ކަމަށް ސްޓެލްއިން ވަނީ ބުނެފައެވެ.

