އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގއ ގެމެނަފުށީ މިސްކިތުގެ ނުނިމި ހުރި މަސައްކަތްތައް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
މި ދެރަށުގައި މިސްކިތެއް އެޅުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މި މަސައްކަތްތައް ލަސްވެ، ގިނަ މަސައްކަތްތައް ހުރީ ނުނިމިއެވެ. މިކަމުގެ ސަބަބުން މިސްކިތްތަކުގެ މަސައްކަތް ހުއްޓި، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
އެހެންކަމުން މި ދެ މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ މިދިޔަ ހަފްތާގައި ދެ ކުންފުންޏަކާ ހަވާލުކޮށްފައެވެ ގއ. ގެމަނަފުށީ މިސްކިތުގެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެވެ. އާރުޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ގެމަނަފުށީގައި ޢިމާރާތް ކުރަމުން ދަނީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި، ވުޟޫ ކުރާނެ ބަޔަކާއި، މުއްނާރު، ލޭންޑް ސްކޭޕިން އަދި ވަށާފާރުގެ އިތުރުން ލައިބްރަރީއެއް އެޅުން ހިމެނެއެވެ. އަދި މިސްކިތްތައް ފަރުމާކޮށްފައިވަނީ އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާގޮތަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އަހަރު 13 މިސްކިތެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ގޮތުން ހއ. ދިއްދޫގައި ޤާއިމުކުރި އިސްލާމީ މަރުކަޒުވެސް ހުޅުވުމަށް ހަމަޖެހިފައިއެވެ. އަދި މިއަހަރުގެ ތެރޭގައި 4 ރަށެއްގެ އިސްލާމީ މަރުކަޒާއި 10 ރަށެއްގެ މިސްކިތް ބިނާކުރުމުގެ މަސައްކަތްތައް ހަވާލުކުރެވޭނެކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

