ގއ ގެމަނަފުށި ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުންދާ ވޮލީ މުބަރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ފޭސް ފިޔޯރީ ހޯދައިފިއެވެ.
ގެމަނަފުސީ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށް ދިޔަ މި މެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 3-0 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުން ފަށައިގެން ފޭސް ފިޔޯރީ ކުޅެމުން ދިޔައީ އެއްވެސް ޕްރެޝަރެއް ނެތިއެވެ. ފުރަތަމަ ސެޓުގައި ވެލާއިން ލީޑުގައި ކުޅުނު ނަމަވެސް ފަހަތުން އަރައި މޮޅުވެ ސެޓު ގެންގޮސްފައިވަނީ ފޭސް ފިޔޯރީންނެވެ. މި ސެޓު 25،21 އިން ނެގި އިރު ދެވަނަ ސެޓު ނަގާފައިވަނީ 25،20 އިންނެވެ. ތިންވަނަ ސެޓު ތަފާތު ބޮޑުކޮށް ނަގައި މުބާރާތުގައި ފަައިނަލަށް ވަނީ ދަތުރު ކޮށްފައެވެ. މި ސެޓު އެޓީމުން ގެންގޮސްފައިވަނީ 25,08 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފޭސް ފިޔޯރީ ޖާޒީ ނަމްބަރ 11 މުހައްމަދު ރިމާޒު ( ރިމޭ) އެވެ.
މި މުބާރާތުގެ ފައިނަލް މެޗު މާދަމާ ރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފައިނަލް މެޗުގައި ވާދަކުރާނީ ނިލަންދޫ ކައުންސިލް ވޮލީ ޓީމާއި ފޭސް ފިޔޯރީއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

