ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސިންގަޕޫރަށް ފުރާ ވަޑައިގެންނެވީ މީގެ ފަސްދުވަސް ކުރިން ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.
އެއީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ، އަމަލު ކުރައްމުން އަންނަ އުސޫލުގެ ދަށުން ދަތުރުފުޅުގެ ތަފުސީލެއް ރައީސް އޮފީހުން ހާމަކުރައްވާފައި ނުވެއެވެ.
ރައީސް ޑރ މުއިއްޒު ވަނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް މިދިޔަ މަހުގެ 29 އިން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ. އެ ދަތުރުފުޅަށް ފަހު ރައީސް ވިދާޅުވެފައި ވަނީ އެ ގައުމާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ ކަމަށެވެ.

