ފުވައްމުލަކުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، އެކްސިޑެންޓް ހިނގާފައި ވަނީ ފުވައްމުލަކު ހުސްނުހީނާ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ފާރުގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށެވެ.
އެ ފިރިހެންކުއްޖާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ރޭ 3:38 ގައި ކަމަށާއި، ފުލުހުންނަށް އެ އެކްސިޑެންޓުގެ ރިޕޯޓު ލިބުނީ 2:40 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާލޭގައި މިދިޔަ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް 17 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ.

