ފުވައްމުލަކު ސިޓީގައި ރޭ ހިނގި ނުރަައްކާތެރި އެކްސިޑެންޓެއްގައި އުމުރުމް 17 އަހަރު ކުއްޖަކު ނިޔާވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް، އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭ ހިނގި އެކްސިޑެއްޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
ރައީސް ވަނީ ނިޔާވި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާފައެވެ.
ރޭގެ އެކްސިޑެންޓް ހިނގާފައި ވަނީ މެންދަމު 2:40 ހާއިރު އެވެ. އެކްސިޑެންޓްވީ ފުވައްމުލަކު ފުނާޑު، ހުސްނުހީނާ މަގުން ދުއްވާފައިދިޔަ ސައިކަލެެއް ފާރެއްގައި ޖެހި ކޮންޓްރޯލްނުވެ ގޮސް އެ ސަރަޙައްދުގައި ހުރި މަގުބައްތި ހޮޅިދަނޑީގައި ޖެހިގެންނެވެ.

