ކުޅުދުއްފުށި ސިޓީގައި އުމުރުން ދުވަސްވީ މީހަކު، ފާހާނާއެއް ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، ކުޅުދުއްފުށިސިޓީ، ޖިފުޓީގެ ހަސަން މޫސާ (67 އަހަރު) މިއަދު ހެނދުނު 5:00 އެހައިކަށްހާއިރު ގެއިން ނުކުމެގެން ދުވަން ދިޔަ ގޮތަށް ޚަބަރެއް ނުވާކަމަށް 10:30 އެހައިކަށްހާއިރު އާއިލާއިން ރިޕޯޓް ކޮށްފައިވާ ކަމަށެވެ
ހަސަން މޫސާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް، ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފާހާނާ ތެރޭގައި ވެއްޓިފައި އޮއްވައި ފެނިގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށާއި، އޭނާގެ ހަށިގަނޑުގައި އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

