މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ފުލުހަށް ހާޒިރުވާން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް އެކެއް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އަދި ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.
ފުލުހުން މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހޯދަމުންދަނީ ޏ. ފުވައްމުލަކު، ދިގުވާނޑު، މާޒީ، އުމުރުން 31 އަހަރުގެ އަޙްމަދު ތަސްލީމްއެވެ.
ފުލުހުން ތަސްލީމް ހޯދަމުންދަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ.
ފުލުހުންގެ ބުނީ 2025 އޮގަސްޓް 14 ވަނަ ދުވަހުގެ 10:30 އަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް އަޙްމަދު ތަސްލީމް ހާޒިރުވާން އަންގައި އިއުލާން ކުރާކަމަށެވެ.

