"އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ" ތަމްރީން ޕްރޮގްރާމެއް، ފ. ނިލަންދޫގައި 04 އޮގަސްޓް 2025 ވަނަ ދުވަހު ފަށައިފިއެވެ.

އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ޕްރޮގްރާމެއް، ނިލަންދޫގަ ފެށުން… ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިވުޒާރާއިން ހިންގާ މިތަމްރީނު މި އޮގަސްޓް މަހުގެ 04 އިން 08 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. މިތަމްރީނުގައި ޖުމްލަ 11 ބޭފުޅުން ބައިވެރިވިއެވެ. އެއީ 06 އަންހެން ބޭފުޅުންނާއި އަދި 05 ފިރިހެން ބޭފުޅެކެވެ.

އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ޕްރޮގްރާމެއް، ނިލަންދޫގަ ފެށުން… ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިތަމްރީނުގައި މަހުން ތައްޔާރުކުރާ އަގުއެއްކުރި ބާވަތްތަކާއި ގުޅޭ މަޢުލޫމާތުދީ އަދި އަމަލީގޮތުން އެތަކެތި ބައިވެރިން ތައްޔާރުކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ. ވިޔަފާރީގެ އުޞުލޫން މިފަދަ މަސައްކަތެއްކުރުމަށް ބޭނުންވާ މަޢުލޫމާތާއި ބައެއް ހުނަރު ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ.

އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ޕްރޮގްރާމެއް، ނިލަންދޫގަ ފެށުން… ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މި ތަމްރީނު ޕްރޮގްރާމް ގައި މަޢުލޫމާތު ދެއްވަނީ މިވުޒާރާގެ ފަންނީ ތިން މުވައްޒަފުންނެވެ.

