ކ. ޒަމާނީ އައިލެންޑް ކައިރިން ކ. ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަނޑުން ޖަހާލާފައިވާ ކަމަށް މިއަދު ރިޕޯޓު ކުރެވިފައިވެއެވެ. މި ހާދިސާގައި ޑިންގީގައި ތިބި މީހުންގެ ތެރެއިން 3 މީހަކު ފަތައިގެން ގޮސް ޒަމާނީ އައިލެންޑަށް އަރާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޑިންގީން ދަތުރުކުރީ 17 ބިދޭސީން ކަމަށާއި އެންމެންވެސް ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެންމެންގެވެސް ހާލު ރަނގަޅުކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެެވެ.

