ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން މިއަދު 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު ސޮއިކޮށްފިއެވެ.
ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން މަގުތައް ތަރައްޤީ ކުރުމަށް ހަވާލުކުރި 11 ރަށަކީ:
- ތ. ކިނބިދޫ
- ތ. ހިރިލަންދޫ
- ތ. ގުރައިދޫ
- މ. މުލި
- ބ. ކުޑަރިކިލު
- ބ. ތުޅާދޫ
- ނ. މާފަރު
- ށ. މަރޮށި
- ހދ. ފިނޭ
- ހދ. ނޮޅިވަރަމްފަރު
- ހއ. ތުރާކުނު
މި އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.

