ކ. ދިއްފުށީގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފަިއވާ ސަރަހައްދުން 4 ބިމެއް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ދިއްފުށީގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފަިއވާ ސަރަހައްދުން 4 ބިން ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ އެ ރަށުގެ ލޯކަލް ޓޫރިޒަމްގެ އިގްތިސޯދު ކުރިއެރުވުމަށްޓަކައި ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްގީކުރުމަށެވެ. އަދި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައެވެ.
ދިއްފުށި ކައުންސިލުން އެ ބިންތައް 50 އަހަރަށް ބީލަމުގެ އޫސުލުން ދޫކުރުމަށް ވަނީ ނިންމައިފައެވެ. އަދި ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ.

