މާދަމާއިން ފެށިގެން މޫސުން ރަނގަޅުވެ، ކަނޑުތައް ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މިރޭ މެޓް އޮފީހުން ބުނީ މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގެ މޫސުން ރަނގަޅުވެ، ކަނޑުތައް މަޑުވާނެކަމަށާއި، ނަމަވެސް ކެރީގެ އަސަރު ކުރާނެކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފާއިތުވި ދުވަސްތަކުގެ ތެރޭގައި މޫސުން ގޯސްވުމާ ގުޅިގެން، ކަނޑު ދަތުރު ފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހާއި، އެމްއެންޑީއެފް އަދި ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ.
މީގެއިތުރުން ކަނޑުމަތީގެ ހިތާމަވެރި އެތަށް ހާދިސާއެއް ހިނގާފައިވާއިރު، އެ ހާދިސާތަކުގެ ސަބަބުން މަރުތަކެއްވެސް ވަނީ ވެފައެވެ.
ކަނޑުދަތުތަކަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް މެޓް އޮފީހުން އިލްތިމާސް އަބަދުވެސް އިލްތިމާސް ކުރެއެވެ.

