ޖަމިއްޔަތުއްސަލަފުގެ އިސް ބޭފުޅުން ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީއާ ސަފީރާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ އިއްޔެ މެންދުރު ސަޢޫދީ އެމްބަސީގައެވެ.
ސަޢޫދީ ސަފީރު، ސަލަފުގެ އިސްވެރީންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވާއިރު،
މި ބައްދަލުވުމުގައި އެކިދާއިރާތަކުން، އިޖްތިމާޢީ ކަންކަން ކުރުމުގައި، އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ސަޢޫދީ އެމްބަސީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ސަފީރު ވަނީ ސަލަފުގެ އިސްވެރީންނަށް ދެއްވާފައެވެ.

