ހުޅުމާލޭ ފޭސް ދޭގައި ހިންގަމުންދާ އޮޅުހިޔާ ކްލިނިކަށް ބޭނުންވާ މެޑިކަލް ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 11 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި ވެލާނާގޭ 7 ވަނަ ފަންގިފިލާގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 11:30 އަށެވެ.
އޮޅުހިޔާއަށް ބޭނުންވާ މެޑިކަލް ސާމާނުގެ ތެރޭގައި ހިމެނެނީ:
- އަސާސީ ރައްކާތެރިކަމުގެ ސާމާނު
- ސަރޖިކަލް އިކުއިޕްމަންޓް، ބުޅާ ގެންގުޅުމަށް ބޭނުންވާ ސާމާނު
- އައިޑެންޓިފިކޭޝަން ސިސްޓަމްސް
- ސަރޖިކަލް ގައުން
- މާސްކް
- އެކި ސައިޒުގެ ނައިޓްރައިލް އަންގި
- ތަރމޯމީޓަރު
- ކެރިއަރ
މި އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅުމަށް ދެވިފައިވަނީ ރަސްމީ ބަންދު ނޫން 7 ދުވަހުގެ މުއްދަތެކެވެ. އަދި ބިޑާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ 3339282 އަދި 3339279 ނަންބަރު ފޯނަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

