ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕު އޮތީ އެކަތިގަނޑެށްގޮތަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށްސާބިތުކޮށް ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަލާހު ވިދާޅުވީ ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމެއްގައި ބައެއް މެންބަރުން ސަރުކާރާ ދެކޮޅަށް ޚިޔާލުފާޅުކުރިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއްކަމަށެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ރޭގައި އެކްސްގައި ކުރެއްވި ޕޯސްޓެއް ކުރަށްވާފައެވެ. އަދި އެޕޯސްޓުގައި އައްބާސް ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ގޮނޑި ގެއްލުނަސް ހެޔޮ ކަމަށް ނިންމަވައި، ޤައުމާއި ރައްޔިތުންގެ ހައްޤުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެ ކަމަށެވެ.
ނަމަވެސް ފަލާޙު ވަނީ އައްބާސްގެ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި ދޮގު ވާހަކަތައް ފަތުރައިގެން ޕީއެންސީގެ ޕީޖީ ގުރޫޕް ރޫޅާލެވިދާނެކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޤާނޫނު އަސާސީގެ 73 މާއްދާގެ ހ. ގައިބުނާ ރައްޔިތުންގެމަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ބުއްދި ސަލާމަތުންހުންނަންޖެހޭ ކަމަށްބުނާ އެއްމެމުހިއްމު ޝަރުތު، ވެލިދޫ ދާއިރާގެ މެމްބަރުގެ ކިބައިގައި ހުރިކަމާމެދު ޝައްކުވާ ހިސާބަށް ގޮސްފައިވާ ކަމަށް ވަނީ ފަލާހު ވިދާޅުވެފައެވެ.
އިތުރަށް ފަލާހު ވިދާޅުވީ މިފަދަ ފިތުނަވެރި ނުބައިވާހަކަތަށްފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭކަ މެއްކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި، މީގެން އަންގައިދެނީ ތިމާއަކީ އެއްވެސް އަޚްލާގެއް ނެތް ބުއްދިގޯސް މޮޔައެއްކަމަށް ވަނީ ފަލާހު ވިދާޅުވެފައެވެ.

