އެސްޓީއޯގެ "ބެކް ޓު ސްކޫލް ޕްރޮމޯޝަން" ވަަރަށް ފޯރިއާއިއެކު ފަށައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މި ޕްރޮމޯޝަން ފަށާއިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
މި ޕްރޮމޯޝަންގެ ދަށުން ސްކޫލް ކުދިންގެ އިންޓަވަލަށް ބޭނުން ކުރެވޭނެ ގިނަޕްރޮޑަކްޓްތަކެއް ވަރަށް ހެޔޮ އަގެއްގައި ލިބެން އެބަ ހުއްޓެވެ.

އެސްޓީއޯ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ކުރިޔަށް… ފޮޓޯ: އެސްޓީއޯ
އެގޮތުން، އާއްމުންނާއި ކުޑަކުދިންގެ ތެރޭގައި މަޝްހޫރު ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގާ ބްރޭންޑްގެ ހުރިހާ އުފެއްދުމެއްވެސް ލިބެން ހުންނާނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯއުން ބުނީ އާއްމުންނާއި ކުޑަކުދިންގެ ތެރޭގައި މަޝްހޫރު ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގާ ބްރޭންޑްގެ ހުރިހާ އުފެއްދުމެއްވެސް ލިބެން ހުންނާނެ ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން، މި ބްރޭންޑް ތަކުން 100 ރުފިޔާއަށް ވުރެ ގިނައިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. ކޫޕަންގެ ގުރުއަތު ނެގުން އޮންނާނީ ޕްރޮމޯޝަން ނިމުމަށް ފަހުގައެވެ.

އެސްޓީއޯ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ކުރިޔަށް… ފޮޓޯ: އެސްޓީއޯ
މި ޕްރޮމޯޝަންގައި އެއް ވަނަ އަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 5،000 ރުފިޔާ ލިބިގެންދާނެއެވެ. އަދި ދެ ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 2،500 ރުފިޔާ ލިބިގެންދާއިރު، ތިން ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 1،500ރ ގެ ވައުޗަރެއް ލިބިގެންދެއެވެ.
މި ޕްރޮމޯޝަންގެ އެންމެ ފަހު ތާރީޚަކީ 7 ސެޕްޓެމްބަރ 2025 އެވެ.

