ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކާ ގުޅިގެން މާދަމާ މާލެ ސިޓީގެ އެކި ސަރަހައްދުތަކުން ތިން ވަގުތެއްގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް “ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ” ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ މާދަމާ 10:00 އާއި 10:30 އާ ދެމެދު ވަގުތެއްގައި ފާށަނާކިލެގެ މަގު، އަލިކިލެގެފާނު މަގު، ބަނަފްސާ ގޯޅި، ބޮޑުފުޅަށް ގޯޅި، ބޮޑުރަސްގެފާނު މަގު، ހަލަވެލި ގޯޅި، ހަނދުވަރުދޭ ހިނގުން، ހެލެނބެލި ގޯޅި، ހުސްނުހީނާ މަގު، މަޖީދީ މަގު، ނިޔަނދުރު ގޯޅި، ރަށްދެބައި މަގު، ރަތްވިލާ މަގު، ސަބުދެރިޔާ މަގު އަދި ސަހަރާ މަގުން ކަރަންޓު ކެންޑިދާނެ ކަމަށެވެ.
ދެވަނަ ފަހަރަށް ބޮޑުފުޅަށް ގޯޅީގައި ހެނދުނު 10:00 އާއި 12:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް ކެންޑިދާނެ ކަމަށް ސްޓެލްކޯއިން ބުނި އިރު ތިންވަނަ ފަހަރަށް މުނިޔާ މަގު އަދި ޝާއިރު ވަރުދީ ސަރަހައްދުން މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރިއަށްދާތީ މި ވަގުތީ މެދުކެނޑުންތައް ދިމާވެދާނެ ކަމަށެވެ. އަދި ސްޓެލްކޯއިން ވަނީ ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.

