ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް ފޮނުއްވައިފިއެވެ.
މަނިކުފާނު ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވެވީ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެެއްގައެވެ.
މި ޕޯސްޓުގައި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައިވާއިރު، އެމަނިކުފާނު ވަނީ ސިންގަޕޫރަށް އިތުރު ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގަންނަވާފައެވެ.
ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ބަދަހި ގުޅުމަށް ބަދަލެއް ނައިސް ދެމިއޮންނާނެ ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ރާއްޖެ ތައްޔާރަށް އޮތްކަމަށްވެސް ވިދާޅުވެފައެވެ.
ސިންގަޕޫރާއި ދިވެހިރާއްޖެ ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރު ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

