ވިލިމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 8ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ވިލިމާލެ ފްލެޓެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 33.41 ގުރާމެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފަނުވާ އިރު މި މައްސަލަ ވިލިމާލެ ޕޮލިހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

