ސޯލްޓް އެންޑް ސޯލްޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ސަޕްލައިކުރި މުދަލަށްވާ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން ޝަރީއަތަށް ހުށަހެޅުމުން އެ ކުންފުންޏަށް 15 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
15 ދުވަހުގެ ތެރޭގައި ހުކުމްކޮށްފައިވަނީ 1،215،491.97 ރުފިޔާ ދެއްކުމަށެވެ.
މި ދައުވާކުރުމާ އެކު ވެމްކޯއިން ވަނީ އެއީ ސޯލްޓްސް އެންޑް ސޭންޑްސްއަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް އެއްބަސްވެފައެވެ.
ސޯލްޓްސް އެންޑް ސޭންޑްސް އިން ވެމްކޯއިން ހޯދާފައިވާ ހިދުމަތައް ދައްކަންޖެހި ނުދައްކާވާކަމަށްބުނެ ކޯޓުމެދުވެރިކޮށް ނަަގައިދިނުމަށް އެދިފައިވާ 1،280،920.67 ރުފިޔާ އާއި ޝަރީއަތުގެ ޙަރަދައްވާ 50،000 ރުފިޔާ ހޯދުމަށް ހުށަހަޅާފައިވާ މައްސަލާގައި ސިވިލްކޯޓުން ބެލި މައްސަލާގައި އޭގެ ތެރެއިން 115،428 ރުފިޔާ ވެމްކޯއިން އެ ކުންފުންޏަށް ދައްކާފައިވާކަން ވަނީ ސާބިތު ކުރެވިފައެވެ.
އެ ކުންފުނިން ކޯޓަށް ދާން ޖެހުމުން ޙަރަދުކުރަންޖެހުނު 50،000 ރުފިޔާ އާއިއެކު ޖުމްލަ 1،215،491.97 ރުފިޔާ 15 ދުވަސް ތެރޭގައި ވެމްކޯއިން ދައްކާ ހަލާސްކުރަން ޖެހެއެވެ.

