މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 4 މިލިއަނަށްވުރެ ގިނަ ދަތުރުވެރިންނަށް ހިދުމަތްދީފައިވާކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނެފިއެވެ.
މި ބޮޑު ކުރިއެރުން ފާހަގަކޮށް ވެލާނާ އެއާޕޯޓުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވަނީ މައުލޫމާތު ހާމަކުރައްވާފައެވެ.
އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަ މަސް ތެރޭ 4.1 މިލިއަން ފަސިންޖަރުން ވީއައިއޭ ބޭނުން ކުރިއިރު މިއީ މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4 ޕަސެންޓްގެ އިތުރުވުމެކެވެ.

އަހަރުގެ ފުރަތަމަ 6 މަސްތެރޭ ވީއައިއޭ އިން ހިދުމަތްދިން ފަސިންޖަރުންގެ އަދަދު 4.1 މިލިއަނަށް އަރައިފި… ފޮޓޯ: އެމްއޭސީއެލް
މިދިޔަ ހަ މަސް ތެރޭ ބޭނުންކުރި ފަސިންޖަރުންގެ ތެރޭން ބައިނަލްއަޤްވާމީ ދަތުރުތައް ކޮށްފައިވަނީ 2.6 މިލިއަން ފަސިންޖަރުންނެވެ. އަދި އެތެރޭގެ ދަތުރުތައް 579،079 ފަސިންޖަރުންކޮށްފައިވާއިރު ސީޕްލޭންގެ ހިދުމަތް 859،797 ފަސިންޖަރުން ކޮށްފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ކުރި ވައިގެ ދަތުރުތަކުގެ ޖުމްލަ އަދަދު އުޅެނީ 124،665 ގައި އުޅޭއިރު މީގެ ތެރެއިން 17،614 އަކީ ބައިނަލްއަޤްވާމީ ދަތުރުތަކެވެ. އެތެރޭގެ ދަތުރުތަކުގެ އަދަދަކީ 14،110 އެވެ. މީގެ އިތުރުން ސީޕްލޭންތަކުެގ މޫވްމަންޓްސް ހުރީ 92،941 ގައެވެ.
ވައިގެ ދަތުރުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ބައިގައި ޖުމުލަ 124,665 ވައިގެ ދަތުރުކޮށްފައިވާއިރު، މިއީ ހަތް އިންސައްތައިގެ ކުރިއެރުމެކެވެ. މި ދަތުރުތަކުގެ ތަފުސީލުތަކަށް ބަލާއިރު، ބައިނަލްއަޤުވާމީ ވައިގެ ދަތުރުތަކުގެ ޢަދަދު ވަނީ 17,614 އަރާފައެވެ. އަދި ވައިގެ ދަތުރުތައް ވަނީ 14,110 އަރާފައެވެ. މީގެއިތުރުން ސީޕްލޭން ދަތުރުތަކުގެ ޢަދަދު ވަނީ 92,941 އަރާފައެެވެ.

