ހއ. ފިއްލަދޫ ފޭސް 02ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ފިއްލަދޫގެ ފޭސް 02ގައި ހިމެނޭ މަގުތައް ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީ ކުރެވޭނެއެވެ.
މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ "ޑިޒައިން އެންޑް ބިލްޑް" އުސޫލުން ކުރިއަށް ގެންދިއުމަށެވެ. މީގެ ބޭނުމަކީ މަޝްރޫޢު ޑިޒައިން ކުރުމާއި، މަސައްކަތް ހިންގުން އެއް ފަރާތަކުން ކުރިއަށް ގެންދިއުމުގެ ސަބަބުން މަސައްކަތްތައް ހ

