ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރެއްގެ 9 ވަނަ ފަންގިފިލާ އިން މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ފެނިފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މަރުވެފައިވާ މީހާ ފެނިފައިވަނީ ހުޅުމާލެ ދެވަނަ ފޭސްގެ ހިޔާފުލެޓުގެ 15ވަނަ ޓަވަރުގެ 9 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މިވަގުތު ފުލުހުންގެ ޓީމުތަކެއް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާަތެއް އަދި ލިބިފައެއް ނުވެއެވެ.

