ވިސްނުންތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރެއްވުމަށް ކަސްޓަމްސްގެ ވަޒީފާއާ އަލަށް ގުޅުނު އޮފިސަރުންގެ ކިބައިން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތުމަތު ދިޔާނާ އެދިވަޑައިގެންފިއެވެ.
ދިޔާނާ މިކަމަށް އެދިވަޑައިގަތީ ކަސްޓަމްސްގެ ވަޒީފާއާ އަލަށް ގުޅުނު އޮފިސަރުން ކަސްޓަމްސް އޮފިސަރުންގެ ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިޔާނާ ވަނީ ބޯޑަރުތައް ބެލެހެއްޓުމުގަ އަދި ވިޔަފާރީތަކަށް ބޯޑަރުތައް މަގުފަހިކުރުމުގައި ކަސްޓަމްސްގެ މުހިންމު ދައުރަށް އަލިއަޅުވާލައްވާފައެވެ.
އަދި ނަޒާހަތްތެރިކަމާއި އަޚްލާޤު ދެމެހެއްޓުމަށާއި ފަޚުރުވެރިކަމާއި ވިސްނުންތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރެއްވުމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކަސްޓަމްސްގެ ބިލްޑިންގްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އޮފިސަރުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމްއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ދިޔާނާ މުހައްމަދުގެ އިތުރުން ކަސްޓަމްސްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައެވެ.

