ބ. ކެންދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފުތިތާހު ކޮށްދެއްވައިފިއެވެ.
އެމަނިކުފާނު ކެންދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިފުތިތާހު ކޮށްދެއްވީ މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫއާއި ކުޑަރިކިލަށްފަހު ކެންދޫއަށް ވަޑައިގެންނެވުމަށްފަހުއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 2027 ވަނަ އަހަރުގެ ކުރިން ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރާ އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސް ކޮށްފައެވެ.
ރައީސްގެ މިދަތުރުފުޅުގެ ތެރޭގައި މިއަދު ވަނީ ކެންދޫގައި 3 މަޝްރޫއެއްގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީއިން ވަނީ އެމްޓީސީސީއާއެކު ސޮއިކޮށްފައެވެ. އެ 3 މަޝްރޫއަކީ ކެންދޫގެ ބިންހިއްކުމާއި ބަނދަރު އަޕްގްރޭޑް ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ.

