ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުގެ ރިޔާސަތުން މިއަދު ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ގަސްދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވިދާޅުވީ މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރިކަމަށެވެ. އެހެންކަމުން އެ މަނިކުފާނު ގަސްތުކުރައްވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ކަމަށެވެ.
އެހެންކަމުން މިއަދު ވޯޓަށްއެހުން އޮންނާނެ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

