ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި އެ އަތޮޅު އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި، ޕާސްޕޯޓުގެ ޚިދުމަތް ދޭންފަށައިފިއެވެ.
މި އޮފީސް ހުޅުއްވައިދެއްވައި ޕާސްޕޯޓުގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ޕާސްޕޯޓަށް އެދި ހުށަހެޅުމާއި އަދި ދޫކުރުމުގެ ހިދުމަތުގެ އިތުރުން އައިޑީކާޑުގެ ހިދުމަތް ވެސް އެ އޮފީހުން މިއަދުން ފެށިގެން ލިބޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މި ރަސްމިއްޔާތުގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނާއި، އިމިގްރޭޝަން ކޮންޓްރޯލަރު އަޙްމަދު ފަޞީޙުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަދި ޕާސްޕޯޓުގެ ޚިދުމަތް ފެށުމުގެ ގޮތުން ވަނީ ފުރަތަމަ ޕާސްޕޯޓު ވެރިފަރާތާ ހަވާލުކޮށްފައެވެ. ޕާސްޕޯޓު ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙުސާނެވެ.

މުޅިި ރާއްޖެއަށް މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 11 އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.

