ޒުވާނުން ބާރުވެރިކުރުމަށް މުޅި މުޖްތަމަޢު ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމަށް މުޅި މުޖްތަމަޢު ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ޒުވާނުންގެ އަޑު އިއްވައި، ސިޔާސަތުތައް ކަނޑައަޅައި ކަންކަން ނިންމުމުގައި ޒުވާނުން ބައިވެރިކޮށް ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި އެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މުޖްތަމަޢުގެ ތެރެއިންނާއި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަދި ބައިނަލްއަޤްވާމީ މައިދާނުން މިކަމަށް މަގުފަހިކޮށްދިނުމަށް އެމިނަކުފާނު އެދިވަޑައިގެންނެވިއެވެ.

