ތުޅާދޫގައި 100 ފްލެޓު އިމާރާތްކުރުމުގެ މަޝްރޫޢެއް މިއަހަރު ހިންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވަނީ އެރަށުގެ ތަރައްޤީއަށް މުހިންމު ވަޢުދުތަކެއް ވެފައިވާކަން ފާހަގަކުރައްވައި އެ ހުރިހާ ވަޢުދެއް، ފުއްދުމަކީ އެންމެ އިސް ޒިންމާކަމަށް ވިދާޅުވެފައެވެ.
އަދި އެއީ މުޅި ސަރުކާރުން ސަމާލުކަން ދީގެން ކުރާކަމެއްކަމަށާއި، އެކި މަޝްރޫޢުތައް ކުރިއަށްދަނީ އެކި ދުވަސްވަރު ފަހިކުރެވޭ މަސައްކަތުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ އެއް ވަޢުދަކީ ގެދޮރު ބިނާކުރުންކަމަށާއި، މިދިޔަ ސަރުކާރުގައި ފެށި މަޝްރޫޢުގައި މައްސަލަތަކެއް ހުރެ ކޯޓުން ހުުކުމެއް ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ވުމާއެކު އެއަށް ކުރެވޭނެ ކަމެއް ސަރުކާރުގައިވެސް ކައުންސިލުގައިވެސް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް 100 ފްލެޓުގެ އައު މަޝްރޫޢެއް ތުޅާދޫގައި ހިންގަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

