ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހިތާދޫއަށް ވަޑައިގެންފިއެވެ.
އެރަށުން ވަނީ ރައީސްއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މިއީ ރައީސް މި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 9 ވަނަ މަންޒިލެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ހިތާދޫ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސްގެ މިދަތުރުފުޅުގައި ހިތާދޫގައި އަލަށް ޤާއިމްކުރެވިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތް ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.

