ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިންގެ ތެރެއިން މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ.
ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ޖުމްލަ 1,374,699 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,261,503 ފަތުރުވެރިންނެވެ.
ފަތުރުވެރިން ހޭދަކުރި ތަންތަނަށް ބަލާއިރު، 1,008,081 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 300,763 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 36,519 ފަތުރުވެރިން ހޮޓާތަކުގައި އަދި 28,354 ފަތުރުވެރިން ސަފާރީ އުޅަނދުތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.
އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާއިން
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން 208,069 ފަތުރުވެރިން ޗައިނާއިން އައިސްފައިވާއިރު، ރަޝިއާއިން 163,060 ފަތުރުވެރިންނާއި، އިނގިރޭސިވިލާތުން 126,906 ފަތުރުވެރިން، އިޓަލީވިލާތުން 98,482 ފަތުރުވެރިންނާއި، ޖަރުމަނުވިލާތުން 95,454 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު އެވްރެޖްކޮށް ދުވާލަކު 6,137 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. މިދިޔަ އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައު

